ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑޭޓާ އެންޓްރީ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑޭޓާ އެންޓްރީ (ވަގުތީ)

މަޤާމް:

ގަޑިއެއްގެއިރަށް 37/50 ރުފިޔާ (ތިރީސް ހަތް ރުފިޔާ ފަންސާސް ލާރި)

މުސާރަ:

ދުވާލަކު 6 ގަޑިއިރު (މެންދުރު 14:00 އިން ރޭނގަޑު 20:00 އަށް)

މަސައްކަތު ގަޑި:

15 (ފަނަރަ)

ބޭނުންވާ އަދަދު:

6 މަސްދުވަސް

މަސައްކަތުގެ މުއްދަތު

ސްޓެޓިސްޓިކަލް ސާރވޭޒް އެންޑް ޑޭޓާ ޕްރޮސެސިންގ

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތްކުރަންޖެހޭ ތަން: 

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

1. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ މަސައްކަތްކުރުން.

2. މާލެއާއި އަތޮޅުގައި އިނިއުމަރޭޓަރުން ތަމްރީންކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

3. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭކުރުމަށްޓަކައި ރަށްރަށަށް ފޮނުވަންޖެހޭ ތަކެތީގެ ލިސްޓްތައް ތައްޔާރުކުރުމާއި، ޕެކިންގެ މަސައްކަތްކުރުން.

4. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭގެ މަޢުލޫމާތުތައް ކޯޑުކުރުމާއި، ކޮމްޕިއުޓަރަށްލުމުގެ މަސައްކަތްކުރުން.

4. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭއާ ގުޅިގެން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

ކުރަންޖެހޭ މަސައްކަތް:

މިމަގާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު މިއިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި އިމްތިޙާން ކުރުން

- ކޮމްޕިއުޓަރު ކީބޯޑަށް ފަރިތަވުން.

- ޑޭޓާ އެންޓްރީގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. މައުލޫމާތު ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑެޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

2016 އޮކްޓޯބަރު 26 ވާ ބުދަދުވަހުގެ 14:00

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު ވަޤްފު ބިލްޑިންގ (ސޯޝަލް ސެންޓަރ ކުރިމަތި) ގެ 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، މި ބިއުރޯއިން ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ http://statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3008407 ނަންބަރު ފޯނަށެވެ.  

އިތުރު މަޢުލޫމާތު:

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016
ހޯދާ