މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އޮފީސް އަދި އެކޮމަޑޭޝަން އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އޮފީސް އަދި އެކޮމަޑޭޝަން އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-OAA/23/2016/68 (5 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ވާދަކުރާނެ ތިންފަރާތް ނެތުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 30 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

16 އޮކްޓޫބަރު 2016
ހޯދާ