މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މުސާރަ: -/5020 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓްޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

ޝަރުޠު:

1- ހިއުމަން ރިސޯސް މެނޭޖްމަންޓް / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- ސިވިލް ސަރވިސް އިންސްޓިޓިއުޓް އިން ހިންގާ ކުދި ތަމްރީނު ޕްރޮގްރާމުތަކުގައާއި ރާއްޖޭން ބޭރުން ލިބޭ ސެމިނަރ ވާރކްޝޮޕް ފަދަ ޕްރޮގްރާމުތަކުގައި މުވައްޒަފުން ބައިވެރިވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.

  • ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ފޮނުވަންޖެހޭ އެޕްލިކޭޝަން ފޯމު ފޮނުވުން

  • ވިސާ ނަގަންޖެހޭ ޕްރޮގްރާމުތަކުގައި ވިސާގެ ކަންތައް ހަމަޖެއްސުން

  • ދަތުރުގެ ބައިވެރިންނަށް ހަމަޖައްސަންޖެހޭ ޓިކެޓް، އެލެވަންސް ފަދަ ތަކެތި ހަމަޖައްސައިދިނުން.

2- ޕާރފޯމަންސް އެޕަރައިސަލްގައި މުވައްޒަފުންނާއި ސުޕަވައިޒަރުން ފާހަގަކޮށްފައި ހުންނަ ތަމްރީން ޕްރޮގްރާމުތައް ފާހަގަކޮށް އޮފީހުގައި ހިންގިދާނެ އިންހައުސް ޓްރެއިނިންގތައް ރޭވުން.

3- މިނިސްޓްރީން ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓަށް ފޮނުވާ މުވައްޒަފުންގެ ތަފާސްހިސާބު ބެލެހެއްޓުމާއި މުވައްޒަފުންގެ ތަޢުލީމީ ފެންވަރުގެ ރިކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން

4- ކޮންމެ އަހަރެއްގެ ފެބްރުވަރީ މަސް ފެށުމުން ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ޓްރެއިނިންގ ރިކުއަރމެންޓް ހެދުން

5- ސިވިލްސަރވިސް ކޮމިޝަނުން ނެރެފައިވާ އިންޑަކްޝަން ޕްރޮގްރާމާ އެއްގޮތަށް، އިންޑަކްޝަން ޕްރޮގްރާމު ހިންގުން.

6- އޮފީހުން ހިންގާ އިންހައުސް ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށް ލިޔުމެއް ތައްޔާރުކޮށް އެ މުވައްޒަފުންގެ ފައިލުގައި ގަވާއިދުން ފައިލުކުރަމުން ގެންދިއުން.

7- ކޮންމެ މަހެއްގެ 20 ގެ ކުރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ގަޑީލާރިއާއި ފެރީ އެލަވެންސް ހެދުން.

8- މުސާރަ ހަދަންޖެހޭ މަސްމަހު މުސާރަ ޝީޓް ތައްޔާރުކޮށް އެ މަހެއްގެ މުސާރަ ހަދަންޖެހޭ ދުވަހުގެ ކުރިން SAP އަށް އެޅުމާއި، މުސާރަ ހަދާ އަނެއް މުވައްޒަފު މުސާރަ ހަދާ މަހުގައި މުސާރަ ޝީޓް ޗެކްކޮށް ބެކަޕެއްގެ ގޮތުގައި މަސައްކަތް ކުރުން.

9- މުސާރަ ހަދާ އަނެއް މުވައްޒަފު މުސާރަ ހަދަންޖެހޭ މަސް މަހުގައި އެ މަހެއްގެ 20 ގެ ކުރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ގަޑީލާރިއާއި ފެރީ އެލަވަންސް ހެދުން.

10- މުވައްޒަފުންގެ ސަލާމާއި އާއިލީ ޒިންމާ ކޮންމެ ދުވަހަކު ބަލައިގަނެ ފޮތުގަ ނޯޓުކުރުމަށްފަހު އެޗް.އާރު ސެކްޝަން ހެޑް ލައްވައި ސޮއިކުރުވުން. ސަލާމާއި އާއިލީ ޒިންމާގެ ފޯމު ހުށަހަޅާތޯ ޗެކުކުރުމާއި ސަލާން އެޗް.އާރު.ސިސްޓަމުން އަޕްޑޭޓް ކުރުމާއި ފޯމުތައް ޕާރސަނަލް ފައިލުގައި ފައިލުކުރުން.

11- މިނިސްޓްރީގެ މުވައްޒަފަންގެ ހާޒިރީ އަޕްޑޭޓްކޮށް އެޗް.އާރު ސިސްޓަމްއިން އަޕްޑޭޓް ކުރުން.

12- ސިވިލް ސަރވިސް ކޮމިޝަންގެ ގަވާޢިދުތަކާއި މިނިސްޓްރީން އެކުލަވައިލާ އުސޫލުތައް ހުރިހާ މުވައްޒަފުންނަށް އަންގައިދިނުން.

13- އަހަރަކު ދެފަހަރު ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނާ ބައްދަލުކޮށް އެ މުވައްޒަފުން މަސައްކަތްކުރުމަށް ދިމާވާ ދަތިތަކަކީ ކޮބާތޯ ބަލައި އެ ދަތިތައް ހައްލުކޮށްދެވެން އޮތް މިންވަރަކުން ހައްލުކުރުމަށް މަސައްކަތްކޮށްދިނުން

14- މުވައްޒަފުންގެ ތަރައްޤީއާއި، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށްޓަކައި އެކުވެރިކަމުގެ ޕްރޮގްރާމްތައް ހިންގައި ރޭވުން

ނޯޓް:

- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ހިއުމަންރިސޯސް ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެ.

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.

  • ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

  • ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ.(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރިޑެޓް ކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

  • ސުންގަޑި:2016 އޮކްޓޫބަރު 26 ވާ ބުދަ ދުވަހު 13:30 ގެ ކުރިން

  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް.

15 މުޙައްރަމް 1438

16 އޮކްޓޫބަރު 2016
ހޯދާ