ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ ޢަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

 

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

ޕޮލިސީ އޮފިސަރ

 

 

 

 

 


 

01

 

 

 

 


 

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ  ސަނަދު ހާސިލުކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ  މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

 


 

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް،

 

 

 

 

 


 

މަހަކު

-/10,550 ރުފިޔާ

 

 

 

 

 

 


 

  • ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުގެ ޕޮލިސީ ޔުނިޓްގެ އެންމެހާ ކަންތައް ޑިރެކްޓަރުގެ ލަފާގެ މަތިން ރާވައި ހިންގުން.
  • މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅޭ އެކަށޭނަ ސިޔާސަތުތަކަކީ ކޮބައިތޯ ބަލައި އެފަދަ ސިޔާސަތުތަކާ ގުޅޭގޮތުން ލަފައާއި އިރުޝާދު ދިނުމާއި ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވައިލައި އެކަށައެޅުމުގައި ޢަމަލީގޮތުން މަސައްކަތް ކުރުން.
  • ސަރުކާރުންނާއި އެހެނިހެން އިދާރާތަކުންނާއި ކޮމިޝަންތަކުން އެކުލަވައިލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް ޑިރެކްޓަރުގެ ލަފާގެ މަތިން އެ ސިޔާސަތުތައް ރިވިއުކޮށް އެ ސިޔާސަތުތަކާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާ ދައުލަތުގެ ސިޔާސަތުތަކާ ގުޅުންހުރި މައްސަލަތަކަށް ލީގަލް އެންޑް ޕޮލިސީ ޑީޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާގެ މަޝްވަރާގެމަތިން އިންސާނީ ޙައްޤުތަކުގެ ނަޒަރުން ލަފާ ފޯރުކޮށްދިނުން.

ގަލް އޮފިސަރ- ވަގުތީ

(މި މަޤާމަށް ވަގުތީ މުވައްޒަފެއް ހޮވާނީ 17 އޮގަސްޓު 2017ގެ ނިޔަލަށެވެ.)

01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ހާސިލުކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ  މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް،

މަހަކު

-/10,550 ރުފިޔާ

  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީލަފާ ބޭނުންވާ މައްސަލަތަކާ ބެހޭގޮތުން ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓާ ހަވާލުވެ ހުންނަވާ ޑިރެކްޓަރުގެ މަޝްވަރާގެމަތިން ޤާނޫނީ ލަފާދިނުން.
  • ކޮމިޝަނަށް ހުށަހަޅަންޖެހޭ މައްސަލަތަކާ ގުޅޭގޮތުން ކޮމޝަނަށް ލަފާދިނުން.
  • އިންސާނީ ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ކޮމެންޓުކުރުމާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ރިވިއު ހެދުމުގައި އެހީތެރިވުމާއި، ސީނިއަރ ލީގަލް އޮފިސަރ ނެތް ހާލަތްތަކުގައި މި މަސައްކަތްތައް ކުރުން.

އެސިސްޓެންޓް ލީގަލް އޮފިސަރ

 

 

 

 

 


 

01

މަސައްކަތާ ގުޅޭދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ  ސަނަދު ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން


 

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް،

 

މަހަކު

-/9,550 ރުފިޔާ

 

  • ޤާނޫނާއި، ގަވާއިދާއި، އިދާރީ އުސޫލުތައް އެކުލަވައިލުމުގެ މަރުޙަލާގައި ކޮމިޝަންގެ ހުށަހެޅުން. ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތަކާ ބެހޭގޮތުން ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ ޑިރެކްޓަރުގެ މަޝްވަރާގެމަތިން ޤާނޫނީ ލަފާ ދިނުން.
  • އަމަލުކުރެވެމުންދާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ޙައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވައިލާފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކެއްތޯ ބެލުމަށް ކޮމިޝަނުގެ ފަރާތުން ހަދާ ރިވިއުތަކަށް ޤާނޫނީ ލަފާދިނުން.

އެޑްވޮކަސީ ޑިޕާޓްމަންޓް

ސީނިއަރ އެޑްވޮކަސީ އޮފިސަރ- ވަގުތީ

(މި މަޤާމަށް ވަގުތީ މުވައްޒަފެއް ހޮވާނީ 17 ސެޕްޓެންބަރު 2017ގެ ނިޔަލަށެވެ.)

 

01

މަސައްކަތާގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ  ސަނަދު ހާސިލް ކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް %90 މާރކްސް ލިބިފައިވުން.

 

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް،

 

މަހަކު

-/11,550 ރުފިޔާ

 

  • އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި އެޑްވަކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ކޮމިޝަންގެ އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ދެނެގަތުމާއި، އިންސާނީ ޙައްޤުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެޑްވަކަސީ ކެމްޕެއިންތައް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކުރުން.
  • އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއި އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވަކަސީ މެޓީރިއަލް ތައްޔާރުކުރުމަށް އިސްދައުރެއް އަދާކުރުން.
  • އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮމިޝަނުން ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުން އަދި ޓްރޭނިން ޕްރޮގްރާމުތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  • ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ވަޒީފާ ދާއިމީވުމުން މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިންގ އެލަވަންސްގެ ގޮތުގައި  -/3,000 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ރުފިޔާ ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ. 
  • މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މި މަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓު ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.  10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  • މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ އަދި އަދާކުރަމުންދާ/ އަދާކުރި ވަޒީފާތަކާއި މަޤާމުތަކުގައި ހޭދަވީ މުއްދަތު އެނގޭނެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.

ސުންގަޑި:  2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ , 30031223003152 ނަންބަރުގެ ފޯނަށެވެ.

12 މުޙައްރަމް 1438

 

 

 

17 އޮކްޓޫބަރު 2016
ހޯދާ