އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމުގެ ނަން: މަސައްކަތު

މަޤާމް އޮތް އޮފީސް: އިހަވަންދޫ ސްކޫލް

ބޭނުންވާ އަދަދު: 3 (ތިނެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އިހަވަންދޫ ސްކޫލް/ ހއ. އިހަވަންދޫ

މަޤާމުގެ ނަންބަރު: 188D/22/2016/9

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ މަސްއޫލިއްޔަތު:

- ސްކޫލުގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން.

- ސްކޫލުގެ ގޯތިތެރެއާއި، ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

- ސްކޫލުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

- ސްކޫލުގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.

- ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވައި ތަރުތީބުކުރުން.

- ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑިމޭޒު ޖެހުން.

- ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ކަންތައްތައް ކުރުން.

މުސާރައާއި، މަޤާމުގެ ޝަރުޠުތައް:

ވަޒީފާގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠު ފުރިހަމަވުން.

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

ސަޕޯޓް ސްޓާފް ގްރޭޑް 1

SS1

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން

މަހަކު -/3،100 ރުފިޔާ

މަހަކު -/1،000 ރުފިޔާ

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށްވުން.

- ކޮމްޕިއުޓަރަށް އަހުލުވެރިވުމާއެކު، މި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

- ސިވިލް ސަރވިސް ކޮމިޝަނުން 2013 އޭޕްރީލް 1 ގައި ޢަމަލުކުރައްވަން ފައްޓަވާފައިވާ، ސިވިލް ސަރވިސްގެ މަޤާމްތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުަގއިވާ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އިހަވަންދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކުރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސިޓީ ފޮނުވަންވީ ތާރީޚު: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާނުކުރުން ބޭއްވޭނެ މުއްދަތު:

-މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 27 އޮކްޓޫބަރު 2016 އާއި 31 އޮކްޓޫބަރު 2016 އާ ދެމެދުގައި (މި މުއްދަތުގެ ތެރޭގައި) އޮންނާނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔުކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ނޯޓު: އިންޓަވިއު ބޭއްވޭނެ ތަނާއި ގަޑިއާއި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަދަރުސާގެ 6500096 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

‏11‏ މުޙައްރަމް‏ 1438

12 އޮކްޓޫބަރު 2016
ހޯދާ