ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓާމިނަލް އަޅަން ބިންދޫކުރުމާ ބެހޭ

އިޢުލާން

ފެރީޓާމިނަލް އަޅަން ބިންދޫކުރުމާ ބެހޭ:  

ފެރީޓާމިނަލް އަޅައި ހިންގުމަށް އަމިއްލަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ލ. މާމެންދޫގައި ފެރީޓާމިނަލް އަޅައި ހިންގުމަށް 25 އަހަރުދުވަހުގެ މުއްދަތަށް 1410 އަކަފޫޓުގެ ބިން (ބަނދަރުގެ ހުޅަނގުކޮޅުން) ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ބިން ދޫކުރުމަށް ކައުންސިލުން ވަނީ އުސޫލެއް އެކުލަވާލައި އާންމުކޮށްފައެވެ. ވީމާ، ފެރީޓާމިނަލް އަޅައި ހިންގުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

* މަޢުލޫމާތު ސާފުކުރުން: 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 10:30 އަށް

* އަންދާސީހިސާބު ހުށަހެޅުން: 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 10:30 އަށް

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ގެންނަވަންވާނެއެވެ. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތަކުންނަމަ، އެ ތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

9 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ