ކެނދިކުޅުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކުލަޔާއި ދަވާދު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

ކުލަޔާއި ދަވާދު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:

މި މަރުކަޒުގެ ޢިމާރާތާއި ވަށާފާރުގައި ކުލަލުމަށް ބޭނުންވާ ކުލަޔާއި ދަވާދު ހޯދައިދޭނެ ފަރާތެއް ހޯދަން މި މަރުކަޒުން ކުރި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:00 އަށް މި މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

17 އޮކްޓޫބަރު 2016
ހޯދާ