މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމާއި، ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. އަތޮޅު އަތޮޅުގޭގެ 8 ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި، ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުން:

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ ރ. އަތޮޅު ކައުންސިލުގެ އިދާރާގައި 2016 ނޮވެންބަރު 1 ވާ އާދީއްތަދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ، އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ކުރިމަތިލާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވެއް ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ރ. އަތޮޅު އަތޮޅުގޭގެ 8 ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި، ބައެއް މަރާމާތުތައް ކުރުމާބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016
ހޯދާ