ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބޮޑުފޮޅުދޫ މަދަރުސާގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމާބެހޭ:

2017 ވަނަ އަހަރުގެ ދިރާސީއަހަރު ފެށެންވާއިރަށް ބޮޑުފޮޅުދޫ މަދަރުސާގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތުދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 6660841 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016
ހޯދާ