ދިވެހިރާއްޖެ
އިޢުލާން
ދެކުނުފަރާތުގެ ރަސްމީ ފުޓްބޯޅަދަނޑުގައި ޓާފް އެޅުމަށް ކުރަންޖެހޭ މަސައްކަތާ ގުޅޭ.
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށުގެ ދެކުނުފަރާތުގެ ރަސްމީ ފުޓްބޯޅަދަނޑުގެ ކާނުތަކާއި، ވޯކްވޭގައި ގައު އެތުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)251-EDSS/251/2016/87 (22 ސެޕްޓެންބަރު 2016) އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:00 ގައި މި އިދާރާއަށް ވަޑަައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ވިޔަފާރި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވާ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިއްދޫ، ދިވެހިރާއްޖެ.
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 ގައި މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 މުޙައްރަމް 1438