ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 3

މަޤާމް :އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 3
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 3

މުސާރައާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ އަދަދު

2

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޓީވީ ޕްރޮގްރާމް ޝޫޓިންގތަކަށް އަދި ލައިވްތަކަށް ބޭނުންކުރާ އިކްއިޕްމަންޓްތައް ބެލެހެއްޓުމާއި، އިކްއިޕްމަންޓްތަކަށް އަދި ޓެކްނިކަލް ފެސިލިޓީތަކަށް ދިމާވާ މައްސަލަތައް ޝިފްޓް ސްޕަވައިޒަރުގެ ލަފާގެ މަތިން ޙައްލުކުރުމަށް މަސައްކަތް ކުރުން، އަދި މީގެ އިތުރުން މަޤާމާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ