ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޑްރައިވަރ ގްރޭޑް 2

މަޤާމް :ޑްރައިވަރ ގްރޭޑް 2
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު

މަޤާމު: ޑްރައިވަރ ގްރޭޑް 2

މުސާރައާއި އެލަވަންސް

މަހަކު -/6200 ރުފިޔާ

މަޤާމުގެ ރޭންކް

SS 2

ބޭނުންވާ އަދަދު

3

މަޤާމުގެ ބާވަތް

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން / އިންފްރާސްޓަރަކްޗަރ އެންޑް ލޮޖިސްޓިކް

މަޤާމުގެ ޝަރުޠު:

ގްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން. ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(A-01 , B-01 , C-01 ,C-02) މި ކެޓަގަރީތަކުގެ ލައިސަންސް އޮންނަ މީހަކު ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގައި ހުއްދަ އޮންނަ ކެޓަގަރީތަކާއި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެހިކަލް ދަތުރުތައް ކުރުން.
  2. ކުންފުނީގެ ވެހިކަލްތައް ދުއްވުމުގައި ރައްކާތެރިކަމާއެކު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވުން.
  3. ކުންފުނީގެ ވެހިކަލްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޗެކްކުރުން.
  4. ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ދުއްވާ ވެހިކަލް، ދަތުރުތައް ފެށުމުގެ ކުރިން  ޗެކްކޮށް އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ލޮގްފޮތުގައި ނޯޓްކުރުން. އަދި އެކަން ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާއި އެވަގުތު ހަވާލުވެހުންނަ ފަރާތަކަށް އެންގުން.
  5. ވެހިކަލްތަކުގެ ފިއުލް ހުސްވުމުގެ ކުރިން ފިއުލް އަޅައި، ފިއުލް އެޅިކަމުގެ ސްލިޕް ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާ އެވަގުތަކު ހަވާލުވެހުންނަ ފަރާތަކާ ހަވާލުކުރުން.
  6. ޓްރާންސްޕޯޓުގެ ކަންތައްތަކާ ހަވާލުވެހުންނަ ފަރާތަކާ ގުޅިގެން ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުން.
  7. ރަސްމީ ދަތުރުތަކުގައި، ވެހިކަލަށް ތަކެތި އެރުވުމާއި ބޭލުމުގައި ޢަމަލީގޮތުން ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

9 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ