މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޭ ފާރމަސީ އެސިސްޓެންޓް ކޮމްޕިޓެންސީ އިމްތިޙާނާބެހޭ

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީގެ ނެޝަނަލް ސެޓުފިކެޓު 4 އިން ފާރމަސީ ކޯސް ފުރިހަމަ ކުރައްވާފައިވާ ފަރާތްތައް ފާރމަސީ އެސިސްޓެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ދެވޭ ކޮމްޕިޓެންސީ އިމްތިޙާނު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މި ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ. ވީމާ، މި އިމްތިޙާނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް އެދި ސިޓީއަކުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި ސިޓީއާއެކު ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ފާރމަސީ އެސިސްޓެންޓު ކޮމްޕިޓެންސީ އިމްތިޙާނުގެ، ފުރަތަމަ އިމްތިޙާނު އޮންނަނީ 2016 އޮކްޓޫބަރު 20 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. މި އިމްތިޙާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު މި ކައުންސިލުގެ ނަންބަރު 3014480 އިން ލިބިވަޑައިގަންނަވާނެއެވެ.

10 އޮކްޓޫބަރު 2016
ހޯދާ