އުކުޅަހު ސުކޫލް، އއ. އުކުޅަސް
ދިވެހިރާއްޖެ
މަރާމާތުތައް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

  • ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.
  • އޮފީސް އިމާރާތާއި ކްލާސްރޫމްތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
  • ޕްރީ ސްކޫލުގެ ދޮރާއި ދޮރުފަތްތައް މަރާމާތުކުރުން.
  • ކްލާސްރޫމްތަކުގެ ފަންކާތައް މަރާމާތުކުރުން.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6660843 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.       

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016
ހޯދާ