ދިވެހިރާއްޖެ
އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ހުވަދު އަތޮޅުގެ ރަށްރަށް ހިމެނޭ ގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ސުޕަވިޜަން އިންޖިނިއަރ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢުގައި ހިމެނޭ ރަށްރަށުގެ ސަރަޙައްދީ ކުނި މެނޭޖުކުރާ މަރުކަޒަށް ކުނި އުފުލުމަށް ބޭނުންކުރުމުގެ ގޮތުން ބަނުމަށް ހަމަޖެހިފައިވާ 2 ލޭންޑިންގ ކްރާފްޓްގެ ޑިޒައިނާއި، މެނުފެކްޗަރ ކުރުމުގެ މަސައްކަތް ހިނގަމުންދާ ފެންވަރު ބަލައި ސުޕަވައިޒް ކުރުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް 1 (އެކެއް) ސުޕަވިޝަން އިންޖިނިއަރަކު ހޯދުމަށް ބޭނުންވެއެވެ.
އިންޖިނިއަރުގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކާއި އެހެނިހެން ތަފުސީލުތައް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅަންވީ މަޢުލޫމާތު "ޓާރމްސް އޮފް ރިފަރެންސް" ގައި ހިމެނިގެންވާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން
ޝައުޤުވެރިވާ ފަރާތްތަކުން "އެޕްލިކޭޝަން" ހުށަހަޅުއްވާނީ، ސިޓީ އުރައިގައި ބަންދުކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.
ނޯޓް: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.