ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމާ ގުޅޭ

ތިލަދުންމަތީ އުތުރުބުރީ ބާރަށު ޞިނާޢީ ސަރަޙައްދުން 10 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމުގެ ފުރުސަތު އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

އަދަދު

ތަފުސީލު

އަގު

1

ބިން. 2000 އަކަފޫޓުގެ ޞިނާޢީ ސަރަޙައްދުން- މި ބިމަކީ ތެލުގެ ބާވަތްތައް ވިއްކުމަށްް ޙާއްސަ ކުރެވިފައިވާ ބިމެކެވެ.

އަކަފޫޓަކަށް، މީލާދީ މަހަކަށް -/1 (އެކެއް) ރުފިޔާއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

2

ބިން. 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން- ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ބާވަތްތައް ވިއްކުމަށް ޚާއްޞަ ކުރެވިގެން (ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، އެސްލޯނުގެ ބާވަތްތައް، ޓިނުގެ ބާވަތްތަކާއި މިނޫންވެސް ހާޑްވެއަރގެ ގޮތުގައި ބޭނުންކުރާ ތަކެތި)

އަކަފޫޓަކަށް، މީލާދީ މަހަކަށް 35/- (ތިރީސް ފަހެއް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

1

ބިން. 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން- ވެލްޑިން ކުރުމުގެ މަސައްކަތާއި، ތަކެތި މަރާމާތުކުރުމާއި، އެފަދަ އެހެނިހެން މަސައްކަތްތައް ކުރުމަށް ޚާއްޞަ ކުރެވިފައިވާ ބިމެކެެވެ.

އަކަފޫޓަކަށް، މީލާދީ މަހަކަށް 50/- (ފަންސާސް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

1

ބިން. 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން- ލަކުޑީގެ ބާވަތްތަކުގެ މަސައްކަތްތައް ކުރުމަށް ޚާއްޞަ ކުރެވިފައިވާ ބިމެކެެވެ.

އަކަފޫޓަކަށް، މީލާދީ މަހަކަށް 40/- (ސާޅީސް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

1

ބިން. 2000 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން- މަސް ކައްކައި ހިއްކުމާއި، މަހުގެ ބާވަތްތަކުގެ އެހެނިހެން މަސައްކަތް ކުރުމަށް ޚާއްޞަކުރެވިފައިވާ ބިމެކެވެ.

އަކަފޫޓަކަށް، މީލާދީ މަހަކަށް 25/- (ފަންްސަވީސް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00 ގައި ބާރަށު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ ވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށް، ބާރަށު ކައުންސިލުގެ އިދާރާއަށް އެޑްރެސްކޮށްފައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި މި އިދާރާއިން ނެރުނު ނަންބަރު (IUL)257/257/2016/58 (17 އޮގަސްޓު 2016) އިޢުލާނާއި، މި އިދާރާއިން ނެރުނު ނަންބަރު (IUL)257/257/2016/68 (26 ސެޕްޓެންބަރު 2016) އިޢުލާން ދިމާވި އިދާރީ މަައްސަލައަކާ ގުޅިގެން ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ