މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހުގެ 2017 ވަނަ އަހަރުގެ ކަލަންޑަރު ހެދުމާބެހޭ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކަލަންޑަރެއް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 2016 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީ ހިނގުން)

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 2016 އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީ ހިނގުން)

އަންދާސީހިސާބު ހުށަހަޅުއްވާއިރު ކަލަންޑަރުގެ ލޭއައުޓެއް ހުށަހަޅުއްވަން ވާނެއެވެ. މި މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް ހިމެނޭ ޓަރމްސް އޮފް ރެފަރެންސް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.  އަދި އީމެއިލް އިންނަމަ  [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ.

ފޯނު: 1441

އީމެއިލް: [email protected]

 12 މުހައްރަމް 1437

13 އޮކްޓޫބަރު 2016
ހޯދާ