ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮލިޓީ ކޮންޓްރޯލަރ، އެސިސްޓެންޓް އޮފިސަރ، މެސެންޖަރ، ލޭބަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކޮލިޓީ ކޮންޓްރޯލަރ

ވަޒީފާގެ ދާއިރާ:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/10,150ރ. އާއި -/17,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ކެމިސްޓްރީގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ ކެމިސްޓްރީއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން.
  •  ކެމިކަލްއާއި، މައިކުރޯ ބައެލޮޖީއާބެހޭ ތަޖުރިބާއާއި ތަމްރީން ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ދާއިރާގެ މައިގަނޑު މަސައްކަތް:

ސްޓެލްކޯ އިން އުފައްދާ ފެން ތަޙުލީލުކުރުމާއި މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން. އަދި ޑަބްލިއު.އެޗް.އޯ ގެ މިންގަނޑަށް ފެނުގެ ކޮލިޓީ ދެމެހެއްޓުމަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން.

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/5,740ރ އާއި -/10,000ރ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.
  • ކަސްޓަމަރ ރިލޭޝަން ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  • ކޮމިއުނިކޭޝަނާއި، އިންޓަރޕާސަނަލް ސްކިލްސްގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ކުންފުނީގެ ޕަބްލިކް ރިލޭޝަން ކައުންޓަރާއި އިންފޮމޭޝަން ކައުންޓަރުގައި މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  • ކަސްޓަމަރުންނާ ގުޅޭ ގޮތުން އަންނަ މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުން.
  • ކުންފުނިން ދޭ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ކަންކަން ސާފުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ބަލައިގަތުން.
  • ޕީއޭބީއެކްސް ފޯނު ކޯލްތަކަށް ޖަވާބުދިނުން.
  • ކުންފުނީގެ ޕަބްލިކް ރިލޭޝަން ކައުންޓަރާއި އިންފޮމޭޝަން ކައުންޓަރުގައި މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  • ކަސްޓަމަރުންނާ ގުޅޭ ގޮތުން އަންނަ މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުން.

މަޤާމް:

މެސެންޖަރ

ވަޒީފާގެ ދާއިރާ:

ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/4,200ރ. އާއި -/9,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވުމާއިއެކު މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ސައިކަލް ލައިސަންސް އޮންނަ ފަރާތަކަށް ވުން.

މަޤާމް:

ލޭބަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/4,200ރ އާއި -/9,000ރ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • އުސްތަ ންތަނަށް އެރުމާއި ބަރު އެއްޗެހި އުފުލައި ހެދޭ މީހަކު ކަމުގައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއް ހުރި ފަރާތެއް ކަމުގައިވުން.
  • ވެލްޑިންގގެ މަސައްކަތާއި ޓިންކަރިންގގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ސަބްސްޓޭންޝަނާއި ޓްރާންސްފޯމަރުތަކުގެ މެއިންޓަނަންސްގެ މަސައްކަތްކުރުމާއި، ދަބަރު ކެހުމާއިި ކުލައާއި ދަވާދުލުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެ ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
13 އޮކްޓޫބަރު 2016
ހޯދާ