މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މަޤާމް:   ސަޕޯޓް ސްޓާފް (އޮފީސް އެސިސްޓެންޓް)

ބޭނުންވާ އަދަދު :  1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  • އޮފީސް އިމާރާތާއި، ފަރުނީޗަރާއި، ހިފައި ގެންގުޅޭ ތަކެތި ސާފުކޮށް ބެހެއްޓުން؛
  • މީޓިންގތަކަށް ސައި ތައްޔާރުކުރުމާއި، އެތަން ސާފުކުރުން؛
  • އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކޮށްދިނުން؛
  • ކުންފުނިން އެ ވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން؛
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
  • ސައިކަލް ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން؛

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި އޮފީހަށް ވަޑައިގެން ވަޒީފާއަށް އެދި ސިޓީއާއި ވަނަވަރު ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީ.މެއިލް ކުރުމަށް އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 3008307 އަށް ގުޅުއްވުމަށް އެދެމެވެ.

އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް

މ. ސަކައިމޫ (މޫކާއި ސޫޓްސް) ތިންވަނަ ފަންގިފިލާ،

ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

ވެބްސައިޓް: www.mcif.mv

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016
ހޯދާ