ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އިންވެސްޓިގޭޝަންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީގެ،  ތިރީގައިމިވާ  މަޤާމަށް  މީހަކު  ބޭނުންވެއެވެ. ވީމާ،  މިކަމަށް  ޝައުޤުވެރިވާ  ފަރާތްތަކުން، 2016 އޮކްޓޯބަރު 24 ވާ ހޯމަަދުވަހުގެ 13:30 ގެ ކުރިން، މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

މަޤާމް:

 

އިންވެސްޓިގޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

 

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް:

ލީގަލް އެންޑް ޑިސްޕިޔުޓް ރިޒޮލިއުޝަން

މަޤާމުގެ ރޭންކް:

 

އެމް. އެސް. 2

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

 

 -/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް:

މުސާރައިގެ %35

އިތުރުގަޑި:

 ސިވިލް ސަރވިސްގެ ގަވައިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި އެހެން ދާއިރއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު:

1. ވަޒީފާއާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެދަށުން ހެދޭ ގަވާއިދުތަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް ބަލައި، ފިޔަވަޅުއެޅުން.

2. މައްސަލަތަކާ ގުޅޭގޮތުން އިންވެސްޓިގޭޝަން އޮފިސަރުންނަށް ޤާނޫނީ ލަފަޔާއި މަޢުލޫމާތު ދިނުން.

3. މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

4. އިންވެސްޓިގޭޝަނާ ގުޅޭ ތަފާސްހިސާބު އެއްކޮށް، ބެލެހެއްޓުން.

5. އިންވެސްޓިގޭޝަން ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ބަލަމުންދާ މިންވަރު މޮނީޓަރކުރުން.

6. ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިޞްލާޙުކުރުމަށް އެންގިފައިވާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙުނުކޮށްފިނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިފައިވާ އުޞޫލެއްގެމަތީން އެޅުމަށްފަހު،  ވެރިންގެ ސަމާލުކަމަށް އެކަން ގެނައުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

(ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ)  ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން، ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ)  ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންކަން:

1. މަޤާމާ ގުޅޭ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ މިންވަރު.

2. މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

3. ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.

4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

އިންޓަވިއު:

މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، 15 ދުވަހުގެ ތެރޭގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. އިންޓަވިއުއަށް ހޮވޭފަރާތްތަކަށް، އިންޓަވިއު އޮންނާނެ ދުވަހާއި ގަޑި މި އޮތޯރިޓީން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، 3306197 ނަންބަރު ފޯނަށް، ނުވަތަ 3306105 ނަންބަރު ފޯނަށް، ނުވަތަ 3306176 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

11 މުޙައްރަމް 1438

12 އޮކްޓޫބަރު 2016
ހޯދާ