ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (ދާއިމީ)

ވަޒީފާގެ ފުރުޞަތު

މަޤާމު

އޮފީސް އެސިސްޓެންޓް (ދާއިމީ)

ރޭންކް: އެސް. އެސް 2

އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓު

އަސާސީ މުސާރަ

މަހަކު -/3470 (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ) ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް: މަހަކު -/1000 (އެއްހާސް) ރުފިޔާ، ލިވިންގ އެލަވަންސް: މަހަކު -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ، އަދި ޖުޑީޝަލް އެލަވަންސް ގޮތުގައި މުސާރައިގެ %25

އިތުރުގަޑި

މިމަޤާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް /ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، SS1 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް

1- ސިޓީއާއި، ނޯޓާއި، ޗިޓާއި، އެހެނިހެން ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

2- ޕޯސްޓަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.

3- އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުން.

4- މެޖިސްޓްރޭޓުންގެ ކޮޓަރިއާއި ޝަރީޢަތްކުރާ ކޮޓަރި ސާފުކޮށް ބެލެހެއްޓުން.

3- އޮފީސް ހުޅުވައި ލެއްޕުން.

4- މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީ ގަޑީގައި ވެސް ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

24 އޮކްޓޫބަރު 2016 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 15:00 އަށް މިކޯޓުން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6500590 މި ނަންބަރާ ގުޅުއްވުން އެދެމެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މިކޯޓުގެ ނަންބަރު A-10-MC/2016/10 (29 އޮގަސްޓު 2016) އިޢުލާން ވަނީ ބާޠިލު ވެފައެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ