ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފ.ނިލަންދޫ ފާމަސީއަށް ޝިފްޓް އިންޗާޖެއް ބޭނުންވެއްޖެ

 އިޢުލާން

ތިރީގައި މިވާ މަޤާމާށް ދެ އަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޝިފްޓް އިންޗާރޖް 

އަދަދު: 1
އަސާސީ މުސާރަ: -/5380ރ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ފ.ނިލަންދޫ ފާރމަސީ ބޭސްފިހާރަ / މެޑިކަލް ޑިޕާޓްމަންޓް
ވަޒީފާގެ ބާވަތް: ކޮންޓޮރެކްޓް (2 އަހަރު)

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500 ރުފިޔާއާއި، -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަޖައްސައިދެވޭނެ

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު

  * މުވައްޒަފުންނަށް ޓްރެއިިނިންގ ދިނުމާއި ސުޕަރވައިޒް ކުރުން

  • ސްޓޮކް މެނޭޖްކުރުން
  • ރިޕޯޓް ތައްޔާރުކުރުން
  • ފާމަސީގެ ދުވަހުގެ މަސައްކަތްތައް، ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިންގޭތޯ ބަލައި މޮނިޓަރ ކުރުން
  • ފާމަސީއަށް އަމާޒުވާ ޝަކުވާތައް ބަލައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން

ތަޢުލީމާއި ތަޖްރިބާ
*މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެއަށްވެރެ މަތީ ސަނަދެއް ލިބިފައިވުން

އެހެނިހެން ހުނަރު:

 * މުޢާމަލާތުކުރުމުގެ ހުނަރު

 * ގިނަ ވަގުތު މަސައްކަތުގައި އުޅުވޭނެ މުވައްޒަފެއް ކަމުގައިވުން

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާން ވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް

  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯނު: 3344368، ،3344179  ފެކުސް: 3344041، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑުރެސް: [email protected]
13 އޮކްޓޫބަރު 2016
ހޯދާ