މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

2017 ވަނަ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.

100 ވައިޓް ބޯޑް

3400 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ ސެކަންޑަރީ)

500 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)

500 ޓީޗަރސް ޓޭބަލް

3400 ސެކަންޑަރީ ޑެސްކު

4000 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ ޕްރައިމަރީ)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 11:00 އަށް

2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

13 އޮކްޓޫބަރު 2016
ހޯދާ