މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުމަށްފަހު، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

މަހަކު -/7،035 ރުފިޔާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލަވަންސް:

އެމް. އެސް. 3

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކުލެސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

އޮފީސް / އިދާރާ:

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ އަސާސީ ޝަރުޠުތައް:

- އެޑްމިނިސްޓްރޭޝަން

- މެނޭޖްމެންޓް

- ބިޒްނަސް މެނޭޖްމެންޓް

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ޕްރޮޖެކްޓް މެނޭޖްމެންޓް

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

1. ނ. ހެނބަދޫ ކައުންސިލްގެ އިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުގެ އެންމެހައި މަސައްކަތްތައް ރާވާއި ހިންގުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

2. ނ. ހެނބަދޫ ކައުންސިލްގެ އިދާރާގެ ހިސާބުތަކާއި، ކައުންސިލުން ހިންގާ ވިޔަފާރިތައް އަހަރަކު އެއްފަހަރު އޮޑިޓްކޮށް، ކަމާބެހޭ ރިޕޯޓު ކައުންސިލަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުން.

3. ކައުންސިލުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި، ކައުންސިލް ހިނގާ ނުހިނގާގޮތް ބެލުމާއި، މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމާބެހޭ ކަންކަން ހިންގުން.

4. އިދާރާއިން ސަރުކާރުގެ އެކި އިދާރާތަކަށާއި، އެނޫންވެސް ފަރާތްތަކަށް ބޭނުންވާނެ ތަފާސްހިސާބުތައް އެއްކުރުމާއި، އެފަދަ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާބެހޭ ކަންކަން ހިންގުން.

5. ބޯހިމެނުމުގެ މަސައްކަތާ ގުޅިގެން ރަށު ކައުންސިލްގެ އިދާރާއިން ހިންގައި ބަލަހައްޓަންޖެހޭ ކަންކަން ހިންގުން.

6. އިލެކްޝަން ކޮމިޝަނުން އަންގަވާގޮތެއްގެމަތިން އެކިއެކި އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކަމާބެހޭ ލިޔެކިއުންތައް ލިޔުމާއި، އެފަދަ ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

7. ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ހިނގާނުހިގާގޮތް ބެލުމާއި، މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

8. އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަމާއި އިންތިޒާމުތައް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

9. އިދާރާއިން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ ރަސްމީ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

މި މަޤާމަށް އިންޓިއުއާއި ޕުރެކްޓިކަލްސް އޮންނާނެ ދުވަހަކާއި ތަން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ނ. ހެނބަދޫ ކައުންސިލްގެ އިދާރާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑއެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ ގަވައިދުގައިވާގޮތުގެމަތިން، ބަންދު ދުވަހުގެ ފައިސާވެސް ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑއެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މިލަދުންމަޑުލު  ދެކުނުބުރީ  ހެނބަދޫ ކައުންސިލްގެ އިދާރާއިން، ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv http://www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6560018 ނަންބަރު ފޯނާއެވެ. އީމެއިލްކުރާނީ [email protected] އަށެވެ.

މަޢުލޫމާތު ސާފުކުރުން:

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ