މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުކުރުމުގެ މަސައްކަތް

ބައެއް މަރާމާތުތައް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި (IUL)GS83/2016/26 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ. މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

  1. އެސެމްބްލީ އޭރިއާގެ ސްޓޭޖް މަރާމާތުކުރުމާއި، ދިޔަދޮވިތައް މަރާމާތުކުރުން.

  2. ވަށައިފާރުގައި ކުލަލުމާއި ކުލާސް ރޫމުތަކުގެ ތަޅާއި ފަންކާ ބަދަލުކުރުން.

  3. ފެންޕަންޕު ހަރުކުރުން، ލޯޑް ސްޕީކަރ ހަރުކޮށް ސްޓޭންޑް މަރާމާތުކުރުން.

މައުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހު 13:00 ގައި މުރައިދޫ ސްކޫލް އޮފީހުގައި

23 ނޮވެންބަރު 2016 ވާ ބުދަ ދުވަހު 13:00 ގައި މުރައިދޫ ސްކޫލް އޮފީހުގައި

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެ ފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮން އެއްގުމަށްޓަކައި އިއުލާން ކުރީމެވެ.

12 މުޙައްރަމް 1438

12 އޮކްޓޫބަރު 2016
ހޯދާ