މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި، 2 ކޮޓަރި ނުވަތަ 1 ކޮޓަރީގެ ގެއެއް 1 އަހަރުގެ (01 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް) މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ތަނަކީ 2 ކޮޓަރި ނުވަތަ 1 ކޮޓަރި (ކޮޓަރީގައި ފާޚާނާހުރި) ސިޓިންގރޫމާއި، ބަދިގެއާއި ގެއަށް ބޭނުންވާ ފަރުނީޗަރާއި، ގޭސްއުނދުނާއި ހިފައިގެންގުޅޭ ތަކެތި ހަމައަށް ހުރި އެޕާޓްމެންޓެއް ނުވަތަ ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.

ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް މިފަދަ ގެއެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

12 މުޙައްރަމް 1438

12 އޮކްޓޫބަރު 2016
ހޯދާ