ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 13 އޮކްޓޫބަރު 2016 15:33 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު:

10 އޮކްޓޫބަރު 2016 ގައި ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުން ކޮށްފައިވާ GIL/IUL/2016/257 ނަންބަރުގެ އިޢުލާނު ކެންސަލްކޮށްފީމެވެ. ބަދަލުގެނެވިފައިވާ އިޢުލާނު ތިރީގައި މިވަނީއެވެ.

މަޤާމް:

އެސިސްޓެންޓް ޖެނެރަލް މެނޭޖަރ، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ: މަހަކު -/17،000 ރުފިޔާ

މެނޭޖްމެންޓް އެލަވަންސް: 

ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ސެޓުފިކެޓު އެލަވަންސް: މަހަކު -/6،800 ރުފިޔާ 

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުގެ މާލޭ އޮފީސް (ގުޅީފަޅުގެ ސައިޓަށް ވަރަށް ގިނައިން ދާންޖެހޭގޮތަށް)

މަޤާމުގެ ޝަރުޠު: 

- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

- ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ހިންގުމާ ގުޅޭ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.

- ޕްރޮޖެކްޓް މެނޭޖްކުރުމާއި، ސުޕަވައިޒްކުރުމުގެ ހުނަރު ލިބިފައިވުން.

- ސައިޓް ލޭއައުޓް، ގްރޭޑިންގ، ޔުޓިލިޓީ ޑިޒައިން، އިރޯޝަން ކޮންޓްރޯލާއި ރެގިއުލޭޓްކުރުމާ ގުޅޭ އެޕްރޫވަލްތައް ނެގުމުގެ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވުމާއި، މިކަންކަމާ ގުޅޭ ފުރިހަމަ ތަޖުރިބާ ލިބިފައިވުން.

- އޮޓޯކޭޑް ބޭނުންކުރަން އެނގުމާއި، ޑްރާފްޓިންގ އެންޑް ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން.

- ދިވެހިރާއްޖޭގެ ނެޝަނަލް ބިލްޑިންގ ޑިޒައިނަރސް ރެޖިސްޓްރޭޝަނުގައި ރެޖިސްޓަރީވެފައިވާ ފަރާތްތަކައް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ގުޅިފަޅުގެ މާސްޓަރ ޕްލޭން ތައްޔާރުކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ކުންފުންޏާއި، ސަރުކާރުގެ ވިސްނުން މާސްޓަރ ޕްލޭނުގައި އެކުލެވޭނޭގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުން.

- މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ ކުރިން ގުޅިފަޅުގައި ހިނގާ އެކިއެކި މެއިންޓެނަންސް ކަންކަމަށް ބޭނުންވާނޭ ޕްލޭންތައް ކުރުމާއި، އެކަންކަމަށް ބޭނުންވާނޭ ކުރެހުންތަކާއި ޑޮކިއުމެންޓްތައް ތައްޔާރުކުރުން.

- ގުޅިފަޅުގެ މާސްޓަރ ޕުލޭނާ އެއްގޮތަށް ގުޅިފަޅު ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ބެލެހެއްޓުން.

- ގުޅިފަޅުގެ މާސްޓަރ ޕުލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި، އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން.

- ޓެކްނިކަލް ފީސިބިލިޓީ ސްޓަޑީޒާއި، ފީސިބިލިޓީ ސްޓަޑީޒް ތައްޔާރުކުރުމާއި، އެއާ ގުޅޭ ބުލޫ ޕްރިންޓްސް ތައްޔާރުކުރުން.

- މަސައްކަތާ ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމާއި މައްސަލައެއް ދިމާވާ ހާލަތެއްގައި އެ މައްސަލައެއް ޙައްލުކުރުން.

މަޤާމް:

ނެޓްވަރކް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ: މަހަކު -/13،000 ރުފިޔާ 

ސެޓުފިކެޓު އެލަވަންސް: މަހަކު -/5،200 ރުފިޔާ 

ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/1،500 ރުފިޔާ 

އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު

މަޤާމުގެ ޝަރުޠު: 

- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ނެޓްވަރކް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މި މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

- ނެޓްވަރކް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މި މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ހިންގުމާ ގުޅޭ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.

- ނެޓްވަރކުގެ މައްސަލަތަކާއި، ކޮމްޕިއުޓަރާއި، އެހެނިހެން އައި.ޓީ އިކުއިޕްމެންޓްތަކަށްޖެހޭ މައްސަލަތައް އަވަހަށް ޙައްލުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ، މިފަދަ މައްސަލަތައް ޢަމިއްލައަށް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ލޭން، ވޭން އަދި ނެޓްވަރކް ސެގްމެންޓްސް، އިންޓަރނެޓް، އިންޓްރާނެޓް ސިސްޓަމް އިންސްޓޯލްކުރުމާއި ބެލެހެއްޓުން.

- ނެޓްވަރކް ހާޑްވެއަރ، ސޮފްޓް ވެއަރ އިންސްޓޯލްކުރުމާއި ބެލެހެއްޓުން.

- ނެޓްވަރކާއި، އެހެނިހެން އައި.ޓީ އިކުއިޕްމެންޓްތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި، ޙައްލުކުރުން.

- ނެޓްވަރކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ވަކިވަކި ފަރާތްތަކަށް ދޭންޖެހޭ އެކްސެސިބިލިޓީ ދިނުން.

- ނެޓްވަރކާއި، ސިސްޓަމްތަކަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ބޭނުންތައް ދެނެގަތުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް އެޓެސްޓްކޮށްފައި.  

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި: 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 16:00 އަށެވެ.)

ހުށަހަޅަންވީ ތަން: ހ. އާގަދަގޭ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 12 މުޙައްރަމް 1438
13 އޮކްޓޫބަރު 2016
ހޯދާ