ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސާވަރއެއް ގަތުމަށް

އިޢުލާން

ސާވަރއެއް ގަންނަން ބޭނުންވެއްޖެ:

ސާވަރއެއް ގަންނަން ބޭނުންވެގެން ކުރެވުނު މި ބިއުރޯގެ ނަންބަރު (IUL)457-AIT/1/2016/18 (20 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ސާވަރ ގަތުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ސާވަރގެ ސްޕެސިފިކޭޝަން ތިރީގައި މިވަނީއެވެ.

Lot: 1 (Separate quotation)

2 x Server

2U Rack mountable Server

2 x Intel® Xeon® E5-2620 v3 2.4GHz Series or Higher

Chassis supports minimum 8, 2.5" Hard Drives

32 GB DDR4 RAM

Hardware RAID Controller, Minimum 1GB Cache

2 x 600GB 10K RPM SAS 6Gbps 2.5in Hot-plug Hard Drive

Quad Port 1GB Network Interface

Internal DVD+/-RW, SATA Drive

Sliding Rails with Cable Management

Dual, Hot-plug, Redundant Power Supply

3 Years Parts and Service

Note:

Configuring domain and backup domain according to NBS requirements

Lot: 2 (Separate quotation)

4 x Microsoft Windows Server 2012R2 Standard License with 2VM

Lot: 3 (Separate quotation)

4 x Microsoft Windows Server 2016 Standard License with 2VM

Lot: 4 (Separate quotation)

1 x KVM Switch up to 8 Severs with Console (Keyboard & Mouse)

ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި.

- ކުންފުނި / އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ

- ޖީ.އެސް.ޓީ/ ބީ.ޕީ.ޓީ ސެޓުފިކެޓުގެ ކޮޕީ އަދި ޖީ.އެސް.ޓީ / ބީ.ޕީ.ޓީގެ އެންމެ ފަހުން މީރާއަށް ފައިސާ ދެއްކި ސްލިޕުގެ ކޮޕީ

- ކޮމްޕެނީގެ ޕްރޮފައިލް

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން. (ވޭތުވެދިޔަ 3 އަހަރުދުވަހު މިފަދަ މަސައްކަތްކޮށްފައިވާނަމަ، އެފަރާތްތަކުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.

- ކޮންމެ ލޮޓަކަށް ވަކި ކޯޓޭޝަނެއް ހުށަހެޅުން.

މާކްސް ދެވޭ މިންގަނޑު.

- އެންމެ ކުޑަ އަގަށް 70 މާކްސް

- އެންމެ ކުޑަ މުއްދަތަށް 20 މާކްސް

- ތަޖުރިބާއަށް 10 މާކްސް

ވީމާ، ސާވަރ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 11:00 އަށް މި ބިއުރޯ މިހާރު ހިނގަމުންދާ ޢިމާރާތް "ދާރުލް-އީމާން ބިލްޑިންގ"ގެ 8 ވަނަ ފަންގިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ޢިމާރާތް ހުންނާނީ މާފަންނު މަދަރުސާގެ ހުޅަނގުފަރާތުގައި ކަމަށް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވާނަމަ މި އޮފީހުގެ ނަންބަރު 3008484 ، 3008414 ފޯނަށް ގުޅުއްވުން އެދެމެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ