މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ހުރި ކާނުތަކުގެ މަތިތައް ދަގަނޑު މަތިތަކަކަށް ބަދަލުކުރުމަށްޓަކައި މަތިތައް ހަދައި ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީގެ ނަންބަރު (IUL)138-PIS1/138/2016/144 އިޢުލާނުގައި ތާރީޚުތަކުގެ މައްސަލަތަކެއް ހުރުމާއެކު، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި މިނިސްޓްރީއިން ހިންގާ މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ހުރި ކާނުތަކުގެ މަތިތައް ދަގަނޑު މަތިތަކަކަށް ބަދަލުކުރުމަށްޓަކައި މި ނިސްޓްރީން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް ހައްދައި، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޫބަރު 2016 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004125  ފެކްސް:3004301

އީ-މެއިލް: [email protected]

ވެބް ސައިޓް: www.housing.gov.mv

13 އޮކްޓޫބަރު 2016
ހޯދާ