ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ގާތައް ނަގައި ވެލި އަޅައި ލެވެލްކުރުމަށްފަހު އަލުން ގާ އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ޕޯޓިކޯ ސަރަހައްދުގައި އަޅާފައިހުރި ގާތައް ނަގައި ވެލި އަޅައި ލެވެލް ކުރުމަށްފަހު އަލުން ގާ އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު 43GS-B/2016/28 (27.9.2016) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތައް މަދުކަމުން ތިންވަނަ ފަހަރަށް ފުރުޞަތު ހުޅުވާލާމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ ހެނދުނު 11:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 24 ވާ ހޯމަަދުވަހުގެ ހެނދުނު 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ