މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

ސެކިޔުރިޓީ ބެލެހެއްޓުމާގުޅޭ

ކޮންޓެކްޓް އުސޫލުން 1 އަހަރުދުވަހަށް (01 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ހުށަހެޅޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

ބިޑް ހުށަހެޅުން

2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހު 11:30 ގައި މުރައިދޫ ސްކޫލުގައި

2016 ނޮވެންބަރު 23 ވާ ބުދަ ދުވަހު 11:30 ގައި މުރައިދޫ ސްކޫލުގައި.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެ ފަރާތަކީ ކާކުކަން ބަޔާންކޮށް، އެ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 މުޙައްރަމް 1438

 

 

12 އޮކްޓޫބަރު 2016
ހޯދާ