ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެއަރކޮންޑިޝަން ހަރުކުރުމާގުޅޭ

ތިރީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. ވިލުފުށީ ޞިއްޙީމަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓާއި ކޮންސަލްޓޭޝަންރޫމުގައި 9000 ބީ.ޓީ.ޔޫ ގެ އެއަރކޮންޑިޝަނެއް ހަރުކުރުމާއި، އޮފީސްބަޔާއި ލޭބަރރޫމުގައި 18000 ބީ.ޓީ.ޔޫ ގެ 2 އެއަރކޮންޑިޝަން ހަރުކުރުން.

ވީމާ، އެއަރކޮންޑިޝަންތައް ހަރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު އަރުވަމެވެ.

މަޢުލޫމާތުދިނުން:

މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި މަރުކަޒަށް ހާޒިރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 10:30 ގައި މި މަރުކަޒުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، މަޢުލޫމާތު ސާފުކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ކޮޕީއަކާއި ސިޓީއެއް ހުށަހަޅަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

މި މަސައްކަށް ބިޑް އިވެލުއޭޓްކުރެވޭ ގޮތުގެ ތަފުސީލު:

  • އަގަށް: 75 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު 75x)
  • މުއްދަތު 20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 20x)
  • ތަޖުރިބާ: 5 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ