މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަސްޖިދުއް ސުމުއްވުލް އަމީރު ނާއިފު ބިން ޢަބްދުލްޢަޒީޒު މަރާމާތުކުރުން.

މިރަށު މަސްޖިދު ސުމުއްވުލް އަމީރު ނާއިފު ބިން ޢަބްދުލްޢަޒީޒުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 16 އޮގަސްޓު 2016 ވަނަ ދުވަހު މި އިދާރާއިން ކުރި ނަންބަރު (IUL)333/333/2016/55 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައިނުވާތީ، އެއިޢުލާނު ބާތިލްކޮށް، އެމަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޮކްޓޫބަރު 2016 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ އަމިއްލަ ފަރާތަކުންނަމަ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް، ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަންދާސީހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. އަދި މީރާގައި ރަޖިސްޓަރީ ކުރައްވާފައިވާ ކުންފުއްޏެއްނަމަ، ޖީ.އެސް.ޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު

  • ހުށަހަޅުއްވާފައިވާ އަގަށް %80  (އެންމެ ކުޑައަގު)
  • މަސައްކަތުގެ މުއްދަތު   % 15 (އެންމެ ކުރު މުއްދަތު) 
  • މަސައްކަތު ތަޖުރިބާއަށް  % 5 (މިބަޔަށް ޕޮއިންޓް ލިބޭނީ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ، ފަސް އަހަރު ނުވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

9 މުޙައްރަމް 1438      

10 އޮކްޓޫބަރު 2016
ހޯދާ