މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ފުޓްބޯޅަދަނޑުގައި ޓާފް އެޅުން

އިޢުލާން

ނ. ހޮޅުދޫ ފުޓްބޯޅަދަނޑުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ފުޓްބޯޅަދަނޑުގައި ޓާފް އަޅަން ބޭނުންވެގެން 22 ސެޕްޓެންބަރު 2016 ގައި ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)295-B/2016/64 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތަށް އިޢުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

11 އޮކްޓޫބަރު 2016
ހޯދާ