ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ކަރަންޓް، 3 ފޭސް ކަރަންޓަށް ބަދަލުކުރުން

އިޢުލާން

ސްކޫލުގެ ކަރަންޓް، 3 ފޭސް ކަރަންޓަށް ބަދަލުކުރުން

މި ސްކޫލުގެ ނަންބަރު GS-95/2016/017 (31 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ބިޑްތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، ބިޑް ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 11:00 އަށް

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6520532 ފޯނަށް ގުޅުން އެދެމެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ