މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތުގެ ބާވަތްތަކުގައި ޖެހުމަށް ބޭނުންވާ ލޭބަލް ފަރުމާކުރުމާ ގުޅޭ

އިޢުލާން

2016 ސެޕްޓެންބަރު 29 ވަނަ ދުވަހު ގެޒެޓް ކުރެވުނު ނަންބަރ: (IUL)452-NNCD/452/2016/6 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވީ ދެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. އެހެންކަމުން، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރާއިރު ޖަހަންޖެހޭ ލޭބަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 9:00 އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިލައްވާނީ މަޢުލޫމާތުދިނުމުގެ ބައްދަލުވުން ނިމުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގެން ނަން ނޯޓްކުރައްވާ ފަރާތްތަކަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުންނާނީ ރޯޝަނީ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

09 އޮކްޓޫބަރު 2016
ހޯދާ