މަތިވެރި ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 14:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅުއްވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ