އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމެންޓް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލޭ ހޮސްޕިޓަލްގެ ސްޓޯރ

ތަޢުލީމާ ތަޖުރިބާ:

1 . ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން ނުވަތަ

2 . މަޤާމާގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

3 . މަޤާމާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 - ހޮސްޕިޓަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި ބެލެހެއްޓުން

2 - ހޮސްޕިޓަލުގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެއްޗަށް އެދުމާއި، ދޫކުރުމުގައި ރަނގަޅު ހަރުދަނާ އުސޫލެއް ޤާއިމުކުރުން. އަދި އެކަން އެގޮތުގައި ދެމެހެއްޓުން.

3 - މެޑިކަލް ކޮންސިއުމަބަލް އަދި ޖެނެރަލް ސްޓޮކް ދުވަހުން ދުވަހަށް ބެލެހެއްޓުން.

4 - ސްޓޮކުން އޮޕަރޭޝަން ތިއޭޓަރ، ލޭބަރ ރޫމް، ލެބޯޓްރީ، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އޯ.ޕީ.ޑީ، ވޯޑު އަދި އޮފީހަށް ބޭނުންވާ ތަކެތި ދޫކުރުން.

5 - ކުރިން އޯޑަރ ކުރެވިފައިވާ ތަކެތީގެ ކަންތައްތައް ފޮލޯއަޕްކޮށް ބަލަމުން ގެންދިއުން.

6 - ސްޓޮކުން މަދުވާ ތަކެއްޗަށް އޯޑަރުކުރުން. މެޑިކަލް ކޮންޒިއުމަބްލް ސްޓޮކް، ކޮންޓްރޯލް ޑްރަގް ސްޓޮކް، އިކްއިޕްމެންޓް ސްޓޮކް، އޮކްސިޖަން، ނައިޓްރަސް އޮކްސިޖަން، ޖެނެރަލް ސްޓޮކަށް ތަކެތި ހުސްވުމުގެ ކުރިން ހޯދޭނެ އިންތިޒާމު ހަމަޖެއްސުން.

7 - ސްޓޮކާއި އިންވެންޓްރީ ކޮމްޕިއުޓަރައިޒްކޮށް ބަލަހައްޓަމުން ގެންދިއުން. އަދި ޚަރަދުތައް ކުޑަކުރުމަށް ބާރުއެޅުމާއެކު މުއްދަތު ހަމަވެގެން ނައްތާލަންޖެހޭ ތަކެތި ވީހާވެސް މަދުކުރުމަށް މަސައްކަތްކުރުން.

8 - މުއްދަތު ހަމަވާ ތަކެތި ކަނޑައެޅިފައިވާ އުސޫލުން ނައްތާލަމުން ގެންދިއުން.

މުސާރައާއި ޢިނާޔަތް: ހުޅުމާލޭ ހޮސްޕިޓަލުގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 އޮކްްޓޫބަރު 16 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލޭ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރު 04—01-E އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected]  އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު ހުޅުމާލޭ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލޭ ހޮސްޕިޓަލްގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 އޮކްޓޫބަރު 2016
ހޯދާ