އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ކަސްޓަމަރ ސަރވިސް ސެންޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:  އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް:  ކަސްޓަމަރ ސަރވިސް ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް ޑިޕާޓްމަންޓް އަދި ސަރވިސް އޭރިއާތައް / ކުލިނިކަލް އެސިސްޓެންޓް

ތަޢުލީމާ ތަޖުރިބާ:

1 . ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން ނުވަތަ

2 . މަޤާމާގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

3 . މަޤާމާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 . ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ކުރެވޭ މުޢާމަލާތް ދެފަރާތައް އޮޅުން ނާރާނެ ފަދަ ސާފު ގޮތަކަށް ވަގުތުން ތަރުޖަމާކޮށް ދިނުމާއި، ޑޮކްޓަރުގެ ބޭނުމަށް ބަލިމީހާ ކުރަންޖެހޭ ޙަރަކާތްތައް ކުރެންޖެހޭ ގޮތް ރަނގަޅަށް ސާފުކޮށް ކިޔައިދިނުމާއި ޕްރޮސީޖަރތައް ހެދުމުގައި ޑޮކްޓަރު ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަށް ފޯރުކޮށް ދިނުން.

2 . ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރު ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވެދީ ފަރުވާދެއްވާ ބަލިމީހުންގެ ތަފުސީލު ޕޭޝަންޓް ރިކޯޑުތަކުގައި ޑޮކްޓަރުގެ އިރުޝާދުތަކާ އެއްގޮތަށް ވަގުތުން ލިޔުން.

3 . ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކުގެ ތެރެއިން ގައިންގަޔަށް އަރާ ބަލި ހުންނަކަމަށް ލަފާކުރާ ފަރާތްތަކާބެހޭ ގޮތުން ތައްޔާރުކުރާ ރިޕޯޓް ވަގުތުން ތައްޔާރުކޮށް ޑިއުޓީ ނިމުމުން މެޑިކަލް ރެކޯޑްސްއާ ހަވާލުކުރުން.

4 . ހޮސްޕިޓަލްގެ ސަރވިސް އޭރިއާތައް (ފިޒިއޯ، ޑެންޓަލް، އެކްސްރޭ، ލެބޯޓްރީ) ތަންތަނުންދޭ ޚިދުމަތްތައް ދިނުމުގައި އެހީތެރިވުން

5 . ޑޮކްޓަރު ބަލިމީހުން ބައްލަވަން ފެށްޓުމަށްފަހު ދިމާވާ ސަބަބަކާހުރެ ބަލިމީހުން ބެލުން މެދުކަނޑާލަން ޖެހިއްޖެނަމަ ޑޮކްޓަރު ދެން ބައްލަވަން ފަށްޓަވަން ހަމަޖެހިފައިވާ ގަޑިއެއް ވަގުތުން ބަލިމީހުންނަށް އަންގައި މިކަންތައް ރަނގަޅަށް އޮޅުން ފިލުވައިދިނުން.

މުސާރައާއި ޢިނާޔަތް : ހުޅުމާލޭ ހޮސްޕިޓަލުގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 އޮކްްޓޫބަރު 16 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ 04—01-E އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 އޮކްޓޫބަރު 2016
ހޯދާ