އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ - ކަސްޓަމަރ ސަރވިސް ސެންޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:      އޮފިސަރ

ޑިޕާޓްމަންޓް:  ކަސްޓަމަރ ސަރވިސް ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލްގެ ރިސެޕްޝަން

ތަޢުލީމާ ތަޖުރިބާ:

1 . ސާނަވީ އިމްތިޙާނަކުން މަދުވެގެން 4 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން ނުވަތަ

2 . މަތީ ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުން ނުވަތަ

3 . މަޤާމާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

4 . މަޤާމުގެ މަސައްކަތާގުޅޭ ދައިރާއަކުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

5 . މަޤާމާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 - ފަރުވާ ހޯދުމަށް އަންނަ މީހުންނަށް މަގުދައްކައިދީ އެހީތެރިވުން.

2 - ކުއްލި ހާލަތުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

3 - އެކިއެކި ކަންކަމުގައި މައްސަލަ ހުށަހަޅާ މީހުންގެ ވާހަކަތައް އަހައި، އެ މައްސަލަތައް އަވަހަށް ހައްލުކުރަން މަސައްކަތްކުރުމާއެކު ވެރިންނަށް އެކަން އެންގުން.

4 - ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބޭނުންވާ އެހީތެރިކަން ދިނުން.

5 - ހޮސްޕިޓަލުގައި ދިމާވާ އާދަޔާޚިލާފު ކަންތައްތައް އެކަންކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

މުސާރައާއި ޢިނާޔަތް: ހުޅުމާލޭ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 އޮކްްޓޫބަރު 16 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރު 04—01-E އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާ)އަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު ހުޅުމާލޭ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމު ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 އޮކްޓޫބަރު 2016
ހޯދާ