އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ޑައިގްނޯސްޓިކްސް އެންޑް ފިޒިއޮތެރަޕީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: ޑައިގްނޯސްޓިކްސް އެންޑް ފިޒިއޮތެރަޕީ

މަސައްކަތްކުރަންޖެހޭ ތަން: ހުޅުމާލޭ ހޮސްޕިޓަލުގެ ލެބޯޓްރީ

ތަޢުލީމާ ތަޖުރިބާ:

1. ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން. ނުވަތަ؛

2. މަޤާމާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3. މަޤާމާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ލެބޯޓްރީ ސާމްޕަލް ނެގުމުގައި ލެބޯޓްރީ ޓެކްނޮލޮޖިސްޓަށް އެހީތެރިވެދިނުން.

2. ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ އިރުޝާދުގެދަށުން ލެބޯޓްރީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

3. ލެބޯޓްރީ ރިޕޯޓްތައް ރަޖިސްޓްރީއަށް އެންޓަރކޮށް، ބަލިމީހުންނާ ހަވާލުކުރުން.

4. ލެބޯޓްރީގެ ސްޓޮކް ބަލަހައްޓައި، ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ހޯދުމަށްޓަކައި އެސްޓޭޓް ސެކްޝަނުގައި އެދުން.

5. ލެބޯޓްރީގެ މަސައްކަތްތައް ކުރުމަށް ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ ކިބައިން ތަމްރީން ހޯދައި، އިތުރު ހުނަރުތައް ދަސްކުރުން.

6. ލެބޯޓްރީ ހިންގުމަށާއި ކުރިއެރުވުމަށް އެހީތެރިވުން.

މުސާރައާއި ޢިނާޔަތް: ހުޅުމާލެ ހޮސްޕިޓަލުގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 އޮކްްޓޫބަރު 16 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން.

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލޭ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރު 04-01-E، އިރުދޭމާ ހިނގުން، އެންޒީ ބޭކަރީގެ މަތީ ފަންގިފިލާއަށް) ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، mv.aasandha@hmhjobs އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، ހުޅުމާލޭ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލުގެ mv.gov.hmh.www ގެ ވެބްސައިޓުން ފޯމް މި ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު.

- ސީވީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑުޖަހާފައިވާ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ނޯޓު: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިންޓަވިއު: ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް، ހުޅުމާލެ ހޮސްޕިޓަލުގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ