ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިނިސްޓްރީގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީގެ ނަންބަރު: (IUL)25-A2/1/2016/21 (22 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ތިރީގައި ތަފުސީލު ދެވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
- މިނިސްޓްރީގެ ގޯތިތެރޭގައި ގަސް އިންދައި ޒީނަތްތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް
- މިނިސްޓްރީގެ ޑީއީއާރު ބިލްޑިންގގެ ސިޑިގޮޅިތަކާއި މިނިސްޓްރީގެ ގޯތިތެރޭގައި މޯޝަން ޑިޓެކްޓަރ ބޮކި ހަރުކޮށް، ކަރަންޓުގެ މައްސަލަ ޙައްލުކުރުން.
- މިނިސްޓްރީގެ ފާޚާނާތަކެއްގައި ކުރަންޖެހިފައިހުރި ހުރިހާ މަރާމާތުގެ މަސައްކަތް ކުރުން.
- ޑީއީއާރު ބިލްޑިންގގެ ސިޑިގޮޅީގެ ތެރޭގައި ކުލަ ލުމާއި، މިނިސްޓްރީގެ އިމާރާތުގެ ބޭރާއި ގަރާޖު އަދި ސެކިއުރިޓީރޫމުގައި ކުރަންޖެހޭ މަރާމާތު ކުރުމަށްފަހު ކުލަލުން.
- ޓެރަހުން ފެންލީކްވުން ޙައްލުކުރުން
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.