މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ މަގުމަތީގައި ބަހައްޓާފައިވާ ކޭބަލް ޖަންކްޝަންތަކުގެ މަތިތައް ދަގަނޑު މަތިތަކަށް ބަދަލުކުރުން

އިޢުލާން

މި މިނިސްޓްރީން ހިންގާ މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ މަގުމަތީގައި ބަހައްޓާފައިވާ ކޭބަލް ޖަންކްޝަންތަކުގެ މަތިތައް ދަގަނޑު މަތިތަކަށް ބަދަލުކުރުމަށްޓަކައި މިނިސްޓްރީން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް މަތިތައް ހައްދައި، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވާ އަންގާރަދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕަރޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004125  ފެކްސް:3004301

އީ-މެއިލް:  [email protected]

ވެބް ސައިޓް:  www.housing.gov.mv

10 އޮކްޓޫބަރު 2016
ހޯދާ