އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ)

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް:

1. މުސާރަ: މަހަކު -/10،000 ރުފިޔާ

2. ޑެއިލީ އެލަވަންސް: -/207 ރުފިޔާ

މަޤާމުގެ ޝަރުޠު:

1- މަޤާމާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

2- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

3- އުމުރުން 55 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ހިއުމަން ރިސޯސް މެނޭޖްމަންޓް ޕްލޭން އެކުލަވައިލުމުގައި އެހީތެރިވުމާއި، ކޮމިޝަނުގެ މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.

2- ކޮމިޝަނުގެ މުވައްޒަފުންނާބެހޭ ކަންކަން ހިންގައި ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވައި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

3. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީއާއި، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

5. އޭލެވެލާއި އޯލެވެލް ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

6. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

8. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

1. އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ، މި ކޮމިޝަނުގެ ކައުންޓަރަށެވެ.

2. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

3. އިންޓަވިއުއަށް ކިޔާނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.

4. އިންޓަރވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، އެޕްލިކޭޝަނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 7 ދުވަހުގެ ތެރޭގައި ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރާނެއެވެ.

5. ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.acc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

6. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

7. ފޯމު  ބަލައިގަތުމަށްފަހުގައިވެސް  ޞައްޙަނޫން  މަޢުލޫމާތެއް  ހިމަނާފައިވާކަން  ނުވަތަ  ޝަރުޠު  ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ.

8. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3015213 ނަންބަރު ފޯނަށް، ނުވަތަ 3015200 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3317182 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

  9 މުޙައްރަމް 1438
10 އޮކްޓޫބަރު 2016
ހޯދާ