މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'ޕްރޮމޯޝަނަލް އައިޓަމް ޑިޒައިން ކޮމްޕެޓިޝަން 2017' ބޭއްވުމަށް

އިޢުލާން

މި ކޯޕަރޭޝަނުގެ ފަރާތުން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ، ރޯޑް ޝޯ އަދި އެހެނިހެން އިވެންޓްތަކަށާއި އެކިފަރާތްތަކަށް ފޮނުވާ ޕްރޮމޯޝަނަލް މެޓީރިއަލްތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޤުޞަދުގައި "ޕްރޮމޯޝަނަލް އައިޓަމް ޑިޒައިން ކޮމްޕެޓިޝަން 2017" ބޭއްވުމަށް 2016 ސެޕްޓެންބަރު 8 ވީ ބުދަ ދުވަހު ކޮށްފައިވާ ނަންބަރު (IUL)MMPRC-MKS/1/2016/51 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. މި މުބާރާތުގައި އިތުރު ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މި މުބާރާތަށް ތަކެތި ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިތުރު މަޢުލޫމާތު މިކޯޕަރޭޝަންގެ ވެބްސައިޓު (http://www.visitmaldives.com/en/news/promotional-item-design-competition-2017) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް މަތީގައި ދަންނަވާފައިވާ ލިންކުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޕަރޭޝަނަށް ޑިޒައިންތައް ފޮނުއްވުން އެދެމެވެ.    

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016
ހޯދާ