މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓަންޓް އޮފިސަރ، ކާރގޯ ސަރވިސް
ބޭނުންވާ އަދަދު :1

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އޮތް އެންމެ ޤާބިލު އަދި ތަޖުރިބާ ހުރި މި ކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު، އުފެެއްދުންތެރި، ހީވާގި، ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް، ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ..

 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކާރގޯ ސަރވިސަސް  

ޝަރުޠު :- އޯ ލެވަލް އިމްތިޙާނުން ދަށްވެގެން 3 ސީ ފާސް ލިބިފައިވުން.  

  • ކޮމްޕިއުޓަރ އިން މައިކްރޮސޮފް އޮފީސް ބޭނުންކުރަން އެނގުން.

  • ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

    އުމުރު: 30 - 20 އަހަރާ ދެމެދު.

    ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
  • ކާރގޯ މެނިފެސްޓްތައް ތައްޔާރު ކުރުން.
  • ޔޫ.އެލް.ޑީ ލޭބަލްތައް ތައްޔާރު ކުރުން.
  • ކާރގޯ މެނިފެސްޓް ތައް ކްރޮސް ޗެކްކޮށް ކަށަވަރު ކުރުން.  
  • ދެވިފައިވާ ވަގުތުގައި ކާރގޯ ސިސްޓަމަށް ހުރިހާ މަޢުލޫމާތެއް އެޅުން.
މަޤާމް :މޭސަން
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކޮންސްޓްރަކްޝަން މެއިންޓެނަންސް  

ޝަރުތު :- 05 އަހަރުދުވަހުގެ މަސައްކަތު ޢަމަލީ ތަޖުރިބާ ލިބިފައިވުން.

  • ނުވަތަ މިދާއިރާއިން ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.

  • ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

  • މި ދާއިރާގައި ގެންގުޅޭ ކުރެހުންތައް ބަލައިގެން މަސައްކަތްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

    އުމުރު: 45 - 25 އަހަރާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
  • ޢިމާރާތް ރޭނުމާއި ސިމެންތި ޖެހުމުގެ އެންމެހައި މަސައްކަތްތައް.
  • ފާރުތަކާއި ޕާރޓިޝަންތަކުގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރުން.
  • ދެވޭ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް :

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

  •  ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

    ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

    ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

    މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

    ކޯރޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

    އިތުރު މަޢުލޫމާތު :ފޯނު – 3337470، 3337274، 3325511 

    މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނުފޮނުއްވާ ފަރާތްތަކުގެ ސިޓީއާއި ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

     

    05 މުޙައްރަމް 1438
06 އޮކްޓޫބަރު 2016
ހޯދާ