ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

ކ.ވިލިގިލި އަވަށު އިންޖީނުގެ

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/10,150ރ. އާއި -/20,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

އިލެކްޓްރިކަލް އިންޖިނިއަރިންގގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ވަގުތީކަރަންޓާއި، ދާއިމީ ކަރަންޓަށް އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންތައް ރާވައި ހިންގުން.
  • ކަރަންޓް ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚިދުމަތްދިނުމާއި ދިމާވާ މައްސަލަތައް ބަލައި ކަސްޓަމަރުންނަށް ވީހާވެސް ލުއި، އަވަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން،
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެތި ގަތުމަށް ބޭނުންވާ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ބޭނުންކުރެވޭ ތަކެތީގެ ފެންވަރު ބަލައި މޮނިޓަރ ކުރުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.
  • ވައިރުޓެސްޓް ކުރުމާއި މީޓަރ ޓެސްޓް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ލޯވޯލްޓޭޖް ޕެނަލް ޑިޒައިން ކުރުމާއި ޓެސްޓް ކުރުން.
  • މީޑިއަމް ވޯލްޓޭޖް ޓްރާންސްފޯމަރ އަދި ސްވިޗް ގިއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްކުރުން.
  • ޖަނަރޭޓަރުތަކަށް ދިމާވާ އިލެކްޓްރިކަލް އަދި ކޮންޓްރޯލް މައްސަލަތައް ދެނެގަނެ ޙައްލުކުރުން
  • ޖަނަރޭޓަރުތަކުގެ ސިންކުރޮނައިޒް ޕެނަލްބޯޑަށް ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލުކުރުން
  • ލޯ ވޯލްޓޭޖް ޑިސްޓްރިބިއުޝަން ޑިޒައިންކޮށް އަމަލީ ގޮތުން މަސައްކަތް ރާވާ ހިންގުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/10,150ރ. އާއި -/20,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން.

 

  • ހުޅުމާލޭ އިންޖީނުގޭގައި ކުރަން ހުންނަ އިލެކްޓްރިކަލް މަސައްކަތްތައް ޝެޑިއުލްކުރުމާއި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މަސައްކަތަށް ބޭނުންވާ ޓޫލްސްއާއި ސްޕެއަރތަކަށް އޯޑަރކުރުން.
  • އިންޖީނުތަކާއި، ކޮންޓްރޯލްޕެނަލް އަދި ފީޑަރ، ޕެނަލް، ޓްރާންސްފޯމަރ ފަދަ ތަކެއްޗައް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުން.
  • އިންޖީނުތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.
  • ޕެނަލްތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

5 މުޙައްރަމް 1437

 

06 އޮކްޓޫބަރު 2016
ހޯދާ