މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ރާއްޖެތެރޭގެ ފެރީ ނިޒާމުގައި ބ.އަތޮޅުގެ ގޮއިދޫ، ފުޅަދޫ، ފެހެންދޫން ފެރީއަށް މީހުން އަރުވައި ބޭލުމަށް ކުޑަ ލޯންޗެއް ކުއްޔައްދޭނެ ފަރާތެއް ހޯދުން: (ދެވަނަ ގޮވާލުން)

އިޢުލާން

އެމްޓީސީސީގެ ރާއްޖެތެރޭގެ ފެރީ ނިޒާމުގައި ބ. އަތޮޅުގެ ގޮއިދޫ، ފުޅަދޫ، ފެހެންދޫން ފެރީއަށް މީހުން އަރުވައި ބޭލުމަށް ބޭނުންކުރުމަށް މި ކުންފުނިން ބޭނުންވާ މިންގަނޑުތަކަށް ފެތޭ ކުޑަ ލޯންޗެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވަނަ ދުވަހު 11:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

06 އޮކްޓޫބަރު 2016
ހޯދާ