ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޖެނެރަލް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

އެސިސްޓެންޓް ޖެނެރަލް މެނޭޖަރ، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ – ބޭނުންވާ އަދަދު - 1

މުސާރަ: މަހަކު -/18،750 ރުފިޔާ

މެނޭޖްމެންޓް އެލަވަންސް: މަހަކު -/5،000 ރުފިޔާ

ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ސެޓުފިކެޓު އެލަވަންސް: މަހަކު -/6،800 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް، މާލެ އޮފީސް (ގުޅިފަޅު ސައިޓަށް ވަރަށް ގިނައިން ދާންޖެހޭނެ ގޮތަށް)

ޝަރުޠު: 

  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓު ހާސިލު ކޮށްފައިވުން.
  • ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ހިންގުމާގުޅޭ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.
  • ޕްރޮޖެކްޓް މެނޭޖް ކުރުމާއި، ސްޕަވައިސް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ސައިޓް ލޭއައުޓް، ގްރޭޑިންގ، ޔުޓިލިޓީ ޑިޒައިން، އިރޯޝަން ކޮންޓްރޯލް އަދި ރެގިއުލޭޓް ކުރުމާގުޅޭ އެޕްރޫވަލްތައް ނެގުމުގެ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން، އަދި މިކަންކަމާގުޅޭ ފުރިހަމަ ތަޖުރިބާ ލިބިފައިވުން.
  • އޮޓޭ ކެޑް ބޭނުންކުރަން އެނގުމާއި ޑްރާފްޓިންގ އެންޑް ޑިޒައިނިންގ ސޮޕފްޓްވެއަރތައް ބޭނުންކުރަން އެނގުން.
  • ދިވެހިރާއްޖޭގެ ނެޝަނަލް ބިލްޑިންގ ޑިޒައިނަރސް ރަޖިސްޓްރޭޝަނުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ގުޅިފަޅުގެ މާސްޓަރ ޕްލޭން ތައްޔާރުކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން. އަދި ކުންފުންޏާއި، ސަރުކާރުގެ ވިސްނުން މާސްޓަރޕްލޭނުގައި އެކުލެވޭނޭގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • މާސްޓަރޕްލޭން ތައްޔާރު ކުރުމުގެ ކުރިން ގުޅިފަޅުގައި ހިނގާ އެކިއެކި މެއިންޓެނަންސް ކަންކަމަށް ބޭނުންވާނޭ ޕްލޭންތައް ކުރުން. އަދި އެކަންކަމަށް ބޭނުންވާނޭ ކުރެހުންތަކާއި ޑޮކިއުމެންޓްތައް ތައްޔާރުކުރުން.
  • ގުޅިފަޅުގެ މާސްޓަރޕްލޭނާ އެއްގޮތަށް ގުޅިފަޅު ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
  • ގުޅިފަޅުގެ މާސްޓަރޕްލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި، އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން.
  • ޓެކްނިކަލް އަދި ފީސިބިލިޓީ ސްޓަޑީޒް ތައްޔާރުކުރުމާއި، އެއާ ގުޅޭ ބުލޫ ޕްރިންޓްސް ތައްޔާރުކުރުން.
  • މަސައްކަތާ ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމާއި، މައްސަލައެއް ދިމާވާ ހާލަތެއްގައި އެ މައްސަލައެއް ހައްލުކުރުން

ނެޓްވަރކް އެޑްމިނިސްޓްރޭޓަރ – ބޭނުންވާ އަދަދު - 1

މުސާރަ:  މަހަކު -/13،000 ރުފިޔާ

ސެޓުފިކެޓު އެލަވަންސް: މަހަކު -/5،200 ރުފިޔާ

ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/1،500 ރުފިޔާ

އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު

ޝަރުޠު: 

  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ނެޓްވަރކް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މި މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  7 ގެ ސެޓުފިކެޓު ހާސިލު ކޮށްފައިވުން.
  • ނެޓްވަރކް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މި މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ހިންގުމާ ގުޅޭ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.
  • ނެޓްވަރކްގެ މައްސަލަތަކާއި، ކޮމްޕިއުޓަރާއި، އެހެނިހެން އައި.ޓީ އިކުއިޕްމެންޓްތަކަށްޖެހޭ މައްސަލަތައް އަވަހަށް ޙައްލު ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ، މިފަދަ މައްސަލަތައް އަމިއްލައަށް ޙައްލު ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ލޭން، ވޭން އަދި ނެޓްވަރކް ސެގްމެންޓްސް، އިންޓަރނެޓް އަދި އިންޓްރަރނެޓް ސިސްޓަމް އިންސްޓޯލް ކުރުމާއި ބެލެހެއްޓުން.
  • ނެޓްވަރކް ހާޑްވެއަރ އަދި ސޮފްޓްވެއަރ އިންސްޓޯލް ކުރުމާއި ބެލެހެއްޓުން.
  • ނެޓްވަރކަށް އަދި އެހެނިހެން އައި.ޓީ އިކުއިޕްމެންޓްތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި، ޙައްލުކުރުން.
  • ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ވަކިވަކި ފަރާތްތަކަށް ދޭންޖެހޭ އެކްސެސިބިލިޓީ ދިނުން.
  • ނެޓްވަރކް އަދި ސިސްޓަމްތަކަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ބޭނުންތައް ދެނެގަތުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް އެޓެސްޓް ކޮށްފައި.  
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 16:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 16:00 އަށެވެ.)

ހުށަހަޅަންވީ ތަން: ހ.އާގަދަގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް

އީމެއިލް އެޑްރެސް: [email protected]

10 އޮކްޓޫބަރު 2016
ހޯދާ