ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަނޑު ކުއްޔަށް ދިނުން

އިޢުލާން

ހދ. މަކުނުދޫ ހުޅަނގުފަރާތުގެ އަތިރިމަތީގެ ޖެޓީ ސަރަޙައްދުގައިވާ ރުއްގަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
  1. މަކުނުދޫ ހުޅަނގުފަރާތުގެ އަތިރިމަތީ (ޖެޓީ ސަރަޙައްދު) ގައިވާ ރުއްތައް (ފޯދިފައިވާ 50 ރުއް)
  • ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:

     މީލާދީ 2 (ދޭއް) އަހަރު

  • ސުންގަޑި:

    2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 11:00 އެވެ. (މަކުނުދޫ ކައުންސިލުގެ އިދާރާއަށް.)

  • އަގު ހުށަހަޅަންވީ ގޮތް:
  1. މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.
  2. މިކަމަށް އެދި ހުށަހަޅާ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.  
  3. އަގު ފޯމު ހުށަހަޅަންވާނީ، މަތީގައި ދެންނެވިފައިވާ ސުންގަޑީގައި، މި އިދާރާގައި ބޭއްވޭ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ކޮމެޓީއަށެވެ.
  4. ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ބަދަލު ސިޓީ ހުށަހަޅަންވާނެއެވެ.
  5. ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ